ނައިފަރު ނަރުދަމާގެ މަސައްކަތް ލަސްވުމާއި މަގުތައް ހަލާކުވާ މައްސަލަ މަޖިލީހަށް ހުށައަޅައިފި

ޅ. ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ލަސްވަމުންދާތީއާއި ރަށުގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅުމަށާއި އުޅަނދުފަހަރުތައް ދުއްވަން ދަތިވާ މިންވަރަށް މަގުތައް ހަލާކުވެފައިވާތީ ގަރާރެއްގެ ގޮތުގައި، ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، މި މަސައްކަތުގެ 85 އިންސައްތަ ނިމިފައިވަނިކޮށް ކުރީގެ ސަރުކާރުގައި އެ މަސައްކަތް ހަވާލު ކުރި ކުންފުންޏާއެކު ގާއިމް ކުރި އެއްބަސްވުން މި އަހަރުގެ ކުރީކޮޅު މިހާރުގެ ސަރުކަރުން އުވާލާފައިވާ ކަމަށެވެ.

އޭގެ ފަހުން މި މަސައްކަތް ކުރިއަށް ނުދާ ކަމަށާއި އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ޟާލިހު އަށް ސިޓީއަކުން ދެންނެވި ނަމަވެސް އެކަމަށް ޖަވާބެއް ނުލިބޭ ކަމަށް މި ގަރާރުގައި ބުނެފައި ވެއެވެ.

މި ގަރާރުގައި އިތުރަށް ބުނެފައިވަނީ، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މިކަމުގައި، ރައްޔިތުން މަޖިލީހުގައި ސުވާލުކުރެއްވުމުން ބުނެފައިވަނީ، އެމްޑަބްލިއުއެސްސީއާ މި މަސައްކަތް މިއަހަރުގެ އޭޕްރީލް މަހު ހަވާލުކުރެވިފައިވާ ކަމަށާއި ނަމަވެސް އޭގެ ފަހުން 5 މަސް ވެގެން ދިޔައިރުވެސް މި މަސައްކަތް ފަށާފައިނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ