ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ ބަނާނާ ސްމޫތީ ވިތް މައިލޯ ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި
- 4 ދޮންކެޔޮ ވަށް ( ތޮށި މަށާ ކުދިކޮށް ކޮށާފައި )
- 02 ސަމުސާ މައިލޯ
- 01 ޖޯޑު ކިރު ( ފިނިކޮށްފައި )
ތައްޔާރުކުރާނެގޮތް
މިކްސަރަށް ދޮންކޭލާ، މައިލޯ އަދި ކިރު އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އޮމާން ވަންދެން ގިރާލުމުން ހުންނާނީ ތައްޔާރުވެފައެވެ.
މިހާރު މިވަނީ ބަނާނާ ސްމޫތީ ވިތް މައިލޯ ތައްޔާރުކޮށް ނިމިފައެވެ.