އައްޑޫ ސިޓީގައި ކުރިޔަށްދާ އެމްޑީޕީގެ ކޮންފަރެންސް | ފޮޓޯ : އެމްޑީޕީ

އެމްޑީޕީގެ އިތުރު 3 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ އިތުރު ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރައްވާފައިވާ ގޮތުގައި ނަން އަބުރާ ގެންގޮސްފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ 3 ކެނޑީޑޭޓެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު IUL)38-AA/38/2020/5) އިޢުލާނުން ވަނީ ހުޅުވާލައިފައެވެ.

ނަން އަނބުރާ ގެންދިއުމަށް ހުޅުވާލައިފައިވާ މި ފުރުޞަތުގައި ގިނަ ފަރާތްތަކަކުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

މިފަހަރު ނަން އަނބުރާ ގެންގޮސްފައި ވާ ކެނޑިޑޭޓުން:

  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ނ. ވެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 9، މަރްޔަމް ރަޝީދާ، ހިކިފިނިފެންމާގެ، ނ. ވެލިދޫ؛
  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ގއ ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 9، ފާޠިމަތު ޢުޘްމާނު، ސަނީބީމް، ގއ. ގެމަނަފުށި
  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރ. މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 9، ޝަރަފިއްޔާ ވަޙީދު (ޝަރާ)، ގުލްޒާރުގެ، ރ. މަޑުއްވަރި

ވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަން ހަމަޖެއްސި ލޯކަލްކައުންސިލަތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްފައިވާއިރު، މި ދެ އިންތިހާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ