އެމިރޭޓްސް އާއި އެއަރޯފްލޯޓްގެ ދަތުރުތައް ރާއްޖެ އަށް އިތުރު ކުރުމަށް ނިންމައިފިއެވެ.
މި ހިނގާ އޮކްޓޫބަރ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެމިރޭޓްސްގެ 10 ފްލައިޓް ހަފްތާއެއްގެ ތެރޭގައި އޮޕަރޭޓް ކުރަން ފަށާނެ އެވެ. އިތުރު ކުރާ ފްލައިޓް އީކޭ 660/1 ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ އަދި ބުދަ ދުވަހު އެވެ. މިހާރު އެމިރޭޓްސް އިން އޮޕަރޭޓް ކުރަމުން ދަނީ އީކޭ 656/7 އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު އެއަރ ލައިންތަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.
A new frequency of @emirates will start from 25 October 2020 making a total 10 flights per week to @VelanaAirport pic.twitter.com/10INLDqbOk
— Maldives Airports Company Ltd - MACL (@MACLmedia) October 22, 2020
ރަޝިއަން އެއާލައިން، އެއަރޯފްލޯޓްގެ ދަތުރުތައްވެސް ރާއްޖެ އަށް ވަނީ އިތުރު ކުރުމަށް ނިންމާފައެވެ. އެގޮތުން އެއަރޯފްލޯޓްގެ ދަތުރުތައްވެސް އޮކްޓުބަރ 26 އިން ފެށިގެން ކޮންމެ ހަފްތާއަކު 4 ފްލައިޓް އޮޕަރޭޓް ކުރަމުން ދާނެ އެވެ. މިހާރު އެއަރޯފްލޯޓުން ރާއްޖެ އަށް ކުރަމުން އަންނަނީ ހަފްތާއަކު 2 ދަތުރެވެ.
An additional frequency of @aeroflot will start from 26 October 2020 making it to a total of 4 flights per week to @VelanaAirport pic.twitter.com/4PB1zlM66W
— Maldives Airports Company Ltd - MACL (@MACLmedia) October 22, 2020
އެމިރޭޓެސް އާއި އެއަރޯފްލޯޓްގެ އިތުރުން ޤަތަރު އެއަރވޭސް، އިންޑިގޯ، ބްރިޓިސް އެއަރވޭސް އަދި ޓާކިސް އެއާލައިން އިންވެސް އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮއްފައި އޮތުމަށްފަހު އަލުން ބޯޑަރ ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.




