ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސައުތު ކޮރެޔާގެ ފޮރިން މިނިސްޓަރު ކާން ކްޔޫން-ވާ ފޯނުން ގުޅުއްވާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު މިނިސްޓަރު ޝާހިދު ކޮރެއާގެ މިނިސްޓަރު ކާން އާއި ގުޅުއްވައި ދެއްކެވި ވާހަކަގައި ދެކުނު ކޮރެއާ އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާއި، އެ ދަތިތަކުން އަރައިގަތުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުންވެސް މިނިސްޓަރު ޝާހިދު ވާހަކަ ދެއްކެވިއެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއި މެދުވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.
Minister @abdulla_shahid had a telephone conversation with the Minister for Foreign Affairs of the Republic of Korea, Her Excellency Kang Kyung-wha, today
???? | https://t.co/eXJNPfcrVn@MOFAkr_eng
— Ministry of Foreign Affairs ???????? (@MoFAmv) October 22, 2020
އަދި މީގެއިތުރުން މި ދެ ބޭފުޅުންވެސް ވަނީ ދެ ގައުމު ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި މެދު މަޝްވަރާކުރައްވައިފައެވެ.