މިނިސްޓަރު ނަސީމަކީ ވަރަށް ހިތްހެޔޮ އޯގާތެރި ބޭފުޅެއް: މަހުލޫފް

ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ(ކެރެފާ ނަސީމް) ވަރަށް ހިތްހެޔޮ އޯގާތެރި ބޭފުޅެއް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރު ނަސީމަކީ ވަރަށް ހިތްހެޔޮ އޯގާތެރި ބޭފުޅެއް ކަމަށާއި ކަންކަމުގައި ވަރަށް ގަޔާވެގެން ގާތުން މަސައްކަތް ކުރައްވާ އިހުލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ލަންކާގައި އަށް މަސް ދުވަސް ހޭދަވިއިރު މިކަން ފެނިފައިވާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމިުގެ މަޤާމުގައި ހުންނެވި ކެރަފާ ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވާފައި މިވަނީ އެމަޤާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީން އޮކްޓޫބަރ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ