ލ.އަތޮޅު މާމެންދޫ އިންޖީންގެއަށް ފެން ވަދެ ކަރަންޓް ކެނޑިއްޖެއެވެ.
ލ.އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި މާމެންދޫ އިން ކަރަންޓް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި އެރަށުން ކަރަންޓް ކެނޑުނީ ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރުތަކަށް ފެނުމުގެ އަސަރު ކޮށްގެން ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
ފުލުހުންނާއި ކައުންސިލާއި ރައްޔިތުން އަދި ސިފައިން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
Maamendhoo power house ? pic.twitter.com/0LT0VZycNg
— ♥*♡ fαтнιмαтн zαнα ♡*♥ (@FathmathZaha) May 30, 2019
އެރަށުގެ ބައެއް ގެތަކަށް ފެންވަދެފައިވާކަމުގެ މަޢުލޫމާތުވެސްދަނީ ލިބެމުންނެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ލ. އަދި ގއ. އަތޮޅުގެ ބައެއް ރައްތަަކުގައި ވަނީ ފެންބޮޑުވެފައެެވެ.
މެޓް އޮފީހުން ބުނީ މިރޭ އަދި މާދަމާ ހެނދުނުވެސް ލާމުއަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.