މާލެއަށް ކަރަންޓު ދެވޭވަރު ވާނީ 12:30 ހާއިރު: ސްޓެލްކޯ

ވެރިރަށް މާލޭގެ ބޮޑުސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިފައިވާއިރު، މާލެއަށް ކަރަންޓު ދެވޭނީ މިއަދު 12:30 ހާއިރުކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ދިމާާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މާލޭގެ %80 އަށް ކަރަންޓު ދެވިފައިވަނިކޮށް ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއްދިމާވެ، އަނެއްކާވެސް ވަނީ ކަރަންޓު ކެނޑިފައިކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، މި މައްސަލަވެސް ހައްލުކޮށް މިހާރު ގެންދަނީ އަލުން ކަރަންޓު ދެމުންކަަށެވެ. އަދި  މުޅި މާލެއަށް ކަރަންޓު ދެވޭނެ ކަމަށް ލަފާ ކުރެވެނީ ގަޑއެއްހާާއިރު ތެރޭގައިކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯ އިން ވަނީ މަޢާފަށް އެދި، ރައްޔިތުންގެ ކެތްތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ