މަރުވެފައި އޮތް މީހަކު މާލެ ކައިރި މޫދުން ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، އައިޖީއެމް ހޮސްޕިޓަލާ ދިމާ ބޭރު މޫދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެންދުނު 10:40 ހާއިރު ކަމަށެވެ.
މަރުވެފައި އޮށްވާ ފެނިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެހެން ނަމަވެސް އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންނެއް ނުދެއެވެ.
ފުލުހުން ބުނެފައިވަނީ އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށާއި، އެ މައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.




