އައްޑޫ ސިޓީ ހިތަދޫގައި ފޯނަކާއި ވޮލެޓެއް ފޭރުނު ދެމީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހިތަދޫ މަގުމަތިން ދިޔަ މީހެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރުނު މައްސަލައެއް އެރަށު ފުލުހުންނަށް ހުށަހަޅާފައިވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 38 އަހަރާއި، 39 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެ ދެމީހުން ހައްޔަރުކޮށް ފޭރުނުކަމަށް ބެލެވޭ ފޯނާއި ވޮލެޓް ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފައިކަމަށެވެ.
މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.




