ރާއްޖޭގައި ރުކުގެ އާ ޖީލެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ރުކުގެ އާ ޖީލެއް އުފެއްދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ.

އެމިނިސްޓްރީއިން ބުނީ، ރާއްޖޭގައި ރުކުގެ އާޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި މިޕްރޮގްރާމަށް އަމިއްލަ ފަރާތްތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން އެމިނިސްޓްރީއިން ފާހަގަކޮށްފައިވާއިރު، ސިޔާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 1500 ރުއް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމިނިސްޓްރީއިންވަނީ ބުނެފައެވެ.

ސިޔާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ 'ޗަވައްކަޑު އޮރެންޖް' ޑްވާފު މުޑުވަކެވެ. ޑްވާފް ވެރައިޓީގެ މުޑުވައްތައް ހެދޭނެ ދިގުމިނަކީީ10-15 ފޫޓެވެ.

އަަދި މިޕްރޮގްރާމްގެ ދަށުން ރުއް އިންދަން ޝައުޤުވެރުވާ ކައުންސިލްތަކުން އެމިނިސްޓްރީއަށް އީމެއިލްކުރުމަށް އެދިފައިވާއިރު، މިކަމަށް ޝައުޤުވެރިވާ ކައުންސިލްތަކުގެ ތެރެއިން ހޮވާލެވޭ 15 ކައުންސިލަކަށް ކޮންމެ ރަށަކަށް 100 ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމިނިސްޓްރީއިން ބުނެއެވެ.

ރުުއްތައް ލިބޭ ރަށްތައް ހޮވުމުގައި އެމިނިސްޓްރީން ބަލާ ކަންތަކަކީ:

ރަށުގެ ރުއްތަކަށް ދިމާވެފައިވާ މައްސަލަތައް އަދި މިމައްސަލަތައް ޙައްލުކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތް.

ހަދިޔާކުރެވޭ ރުއްތަށް ބޭނުންކުރުމުގެ ޕްލޭން އަދި ދުރު މުސްތަޤުބަލަށް އެރުއްތަކުން ފައިދާ ހޯދަން ރާވާފައިވާ ގޮތް.

އިތުރު މަޢުލޫމާތު ހޯދުމަށް 3339236 އަދި 3339261 ފޯނަށް ގުޅުމަށް އެދިފައިވާއިރު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ މިޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ދުރުމުސްތަޤުބަލަށް މުޑުވައް ނެރެވޭ، ރަނގަޅު ފެންވަރުގެ ރުކުގެ ޖީލެއް ރަށްރަށުގައި ތަރައްޤީކުރުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ