ވެރޯނާއިން ޗެމްޕިއަން ޔުވެންޓަސް ހިފަހައްޓައިފި

އިޓާލިއަން ސެރީއާގައި ރޭ ކުޅުނު މެޗުގައި ވެރޯނާއިން އެންމެ ފަހުގެ ޗެމްޕިއަންް ޔުވެންޓަސް ހިފަހައްޓައިފިއެވެ.

ޔުވެންޓަސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

ޔުވެންޓަސްއިން ކޮންޓްރޯލްކުރި މިމެޗުގައި އެކްލަބުން ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. ނަމަވެސް ޔުވެންޓަސް ސިއްސުވާލުމަށްފަހު މެޗުގެ ފުރަމަ ލަނޑު ޖެހީ ވެރޯނާއިންނެވެ. މެޗުގެ 60 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ފަވީލީއެވެ.

ވެރޯނާގެ މިލަނޑާއެކު ޔުވެންޓަސްގެ ހަމަލާތައް އިތުރުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގެ ގޮތުން ކުލްސެވްސްކީ ކާމިޔާބުކޮށްދިން ލަނޑާއެކު ޔުވެންޓަސްއިން ނަތީޖާ ހަމަހަމަކުރިއެވެ. 77 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑާކީ އޭނާ ޔުވެންޓަސްއަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ. އިޓަލީގެ ޕާމާ ދޫކޮށް ޔުވެންޓަސްއަށް ކުލްސެވްސްކީ ބަދަލުވީ މިދިޔަ އޮގަސްޓްމަހުގެ 31 ގައެވެ.

ވެރޯނާއިން ލަނޑު ޖެހުމުގެ ކުރިން އަލްވާރޯ މޮރާޓާ ޔުވެންޓަސްއަށް ލަނޑެއް ކާމިޔާބުކޮށްދިންނަމަވެސް، މޮރާޓާ އޮފްސައިޑް ޕްޒިޝަނެއްގައި ހުރުމުން ވީއޭއާރު ބެލުމަށްފަހު އެލަނޑުވަނީ ކެންސަލް ކޮށްފައެވެ.

ޕިރްލޯގެ އިރުޝާދުގެ ދަށުން ކުޅޭ ޔުވެންޓަސް މިހާތަނަށް ބަލިވެފައި ނުވާއިރު، ކުޅުނު ފަސް މެޗުން މޮޅުވެފައިވަނީ ދެ މެޗުގައެވެ. އަނެއް ތިން މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ.

ފަސް މެޗުން ލިބުނު 9 ޕޮއިންޓާއެކު ޗެމްޕިއަންސް ޔުވެންޓަސް އޮތީ ތާވަލްގެ ފަސް ވަނާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ