ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް (ކެރެފާ ނަސީމް) އަކީ ކޮވިޑް-19 ވެކްސިން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް، ހެންވޭރު ހިކިފިނިފެންމާގެ، އަލްފާޟިލް އަޙްމަދު ނަސީމް (ކެރެފާ ނަސީމް) އައްޔަން ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމުގު މަޤާމުގައި ހުންނެވި ކެރަފާ ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވާފައި ވަނީ އެމަޤާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީން އޮކްޓޫބަރ 20 ވަނަ ދުވަހުގެ ރޭ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ކެރެފާ ނަސީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެރަފާ ނަސީމަށް މަރުހަބާ ދަންނަވަމުން ޖާބިރު ވިދާޅުވީ، މިހާރުގެ ހެލްތް މިނިސްޓަރު ނަސީމަށް އަޅުގަނޑު ޝުކުރު ދަންނަވާ ކަމަށާއި އެއީ ކޮވިޑް-19 ގެ ވެކްސިން ކަމަށް އަޅުގަނޑު ނިންމާފައިވާ ކަމަށެވެ.
ގާސިމްގެ ހަނގު އަންބަތް ވަޒީރުކަންް ނުލިބި ދިޔައީ ހަމަ ކިރިޔާ ކަމަށާއި ޔޫރަޕްގެ ގައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ގޮވާލެއްވިއެވެ.
"ކޮވިޑް-19 ގެ ވެކްސިންއާއި އެކަންތައްތައް މިހާރު މިގައުމުގައި މައްސަލައެއް ނޯންނާނެ" ޖާބިރު ވިދާޅުވިއެވެ.



