2013 ވަނަ އަހަރު އާޒިމް މަޖިލީހުން ނެރުނު މައްސަލަ ބަލައިދޭން އެދިއްޖެ

ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނެރުނު މައްސަލަ ބަލައިދޭން އެދިއްޖެއެވެ.

އާޒިމް އެކަން ކޮށްދެއްވުމަށް އެެދިވަޑައިގެންފައިވަނީ ރައީސް ނަޝީދް މިއަދު ކުރެއްވި ޓްވީޓަކާއިގުޅިގެންނެވެ.

އާޒިމް މަޖިލީހުން ނެރުނު މައްސަލައިގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ތެރެއަށް ވަތް ސިފައިންގެ މައްޗަށް ވަކިވަކިން ދައުވާ އުފުލޭނެ ކަމަށެވެ. ނަޝީދުގެ އެޓްވީޓް ރީޓްވީޓް ކުރައްވައި އާޒިމް ވަނީ އެކަން ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

2013 ވަނަ އަހަރުގެ އޮކްޓޯބަރ 26 ވަނަ ދުވަހު އާޒިމް މަޖިލިސް ކުރާގެއަށް ވަންނަން އުޅުމުން ސިފައިން އޭނާ ނެރުނީ އޭރު އޭނާ މަޖިލިސް މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި އޮތުމުންނެވެ.

އާޒިމް އާއި މިހާރު ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒްގެ މެންބަރުކަން ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައިވަނީ ބީއެމްއެލް އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުގައި ކުރި ހުކުމަށް މަތީ ކޯޓުތަކުން ތާއިދު ކުރުމުން ވެސް އެބޭފުޅުން އެފައިސާ ނުދެއްކުމުންނެވެ. މި ދެ މެންބަރުންގެ މެންބަރުކަން ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށަފއަވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަސް ތެރޭގައެވެ.

މީގެ އިތުރުން އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާއަށް ހަމަލާދިނީ ކޮންބޭފުޅަކަށްތޯ ބައްލަވާ ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ވިދާޅުވީ އެދުވަހު އޭނާ އާއި އެންމެ ގާތުގައި ހުންނެވި އެއްބޭފުޅަކީ ޑިފެންސް މިނިސްޓަރ މާރިޔާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ