އިމްރާން ވަކިކުރަން އެމްޑީޕީގެ ޕިޖީގެ ތާއީދު ނުލިބޭނެކަން ހާމަކޮށްފި

ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށައަޅާފައިވާ މައްސަލައަށް އެމްޑީޕީ މެމްބަރުންގެ ތާއީދު ނުލިބޭނެ ކަންް ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިިނިސްޓަރ އޮފް ހޯމް އެފެއާސް އިމްރާން އަބްދުﷲ ގެ އުތުބާރު ނެތް ކަމުގެ މައްސަލައެއް ވަނީ 26 އޮކްޓޫބަރު 2020 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ 11 އިއްޒަތްތެރި މެމްބަރުން ސޮއި ކުރައްވާ ހުށައަޅުއްވާފައި ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްޑީޕީ އަބަދުވެސް ކަމަކަށް ނިކުންނައިރުގައި އަޅުގަނޑުމެން އެޖެންޑާ އެއް އޮންނަ ކަމަށާއި އެ އެޖެންޑާ އާއި އެއްގޮތައް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"އެއްވެސް ޕާޓިއަކުން އެއްވެސް ފަރާތަކުން އުންމީދުކޮށްގެން ނުވާނެ އަޅުގަނޑުމެންގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އޮންނަ ކޮންމެ ފަހަރަކު އެއީ ހުސްބުޅީގައި އަޅުގަނޑުމެން ގަންނާނެ ކަމަށް އަޅުގަނޑުމެންގެ އެޖެންޑާގައި އޮތް ގޮތާއި ހިލާފަށް އަޅުގަނޑުމެންގެ ކަންކަން މިތާ ތެރޭގައި ކުރަމުންދާނެ ކަމަށް އުންމީދު ކޮށްގެން އެ ހުސްބުޅި ވިސްނުމުގައި މި މަޖިލީހަށް ކަންކަން ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އަޅުގަނޑުމެންނާ ސަރުކާރާއި އެ އޮންނަ ގުޅުންވެސް މީގެ ތެރޭގައި ގޮސްގެން ވާނެކަމަށް ފަހަރެއްގައި ވެސް ގަބޫލެއް ނުކުރާ ކަމަށާއި އަޅުގަނޑުމެނަށް ހަމަ ޔަގީނުންވެސް މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނަށް ސަރުކާރާއި ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ވަކިން ހާއްސަކޮސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން އެންމެންވެސް ބަލައިގަނެ އެކަމަށް އަޅުގަނޑުމެންގެ އިތުބާރު އެބައޮތް ކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް މި ސަރކާރާ ދެތެރޭ އިތުބާރު ނެތްކަމަށް ދެއްކުމުގެ ގޮތުން އެ ކުރައްވަމުން ގެންދަވާ މަސައްކަތައް އަޅުގަނޑުމެންނާ ވާދަވެރި ފަރާތްތަކަށް އަޅުގަނޑު ބޭނުން ދަންނަވާލަން. ވާދަވެރި ފަރާތްތަކުގެ އަދަދު އަޅުގަނޑުމެނަށް ވަރަށް ސާފުކޮށް އެބަ އިނގޭ ކަންކަމުގައި މި މަޖިލީހަށް ކަންކަން ހުށައަޅަން މަސައްކަތް ކުރަމުން ދާއިރުވެސް . އެހެންވީމައި އެއީ އެކަން އެގޮތައް ނުކުރުމަށް ވާދަވެރި ފަރާތްތަކަށް ގޮވާލަން." އާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިމްރާން އަށް އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ދޭން ޖެހޭ ނޯޓިސް މިއަދު މިނިސްޓަރު އިމްރާނަށް ފޮނުވާނެ ކަމަށާއި އަދި އެ ނޯޓިސްގެ މުއްދަތު ހަމަވުމުން އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވޭނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ނަމަ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރެވޭނީ 10 މެމްބަރުން ސޮއި ކުރެއްވުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ