އާޒިމް އާއި މިނިސްޓަރު މަހުލޫފް | ފޮޓޯ: މިހާރު

އަލީ އާޒިމާއި އެކު ދެތިން މެންބަރުން އުޅެނީ ސަރުކާރު ހަލާކު ކޮށްލަން: މަހްލޫފް

އަލީ އާޒިމާއި އެކު އެމްޑީޕީގެ ދެތިން މެންބަރުން އުޅެނީ ސަރުކާރު ހަލާކު ކޮށްލަން ކަމަށް ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ މިރޭ ރާއްޖެ ޓީވީ ގެ "ފަލަ ސުރުހީ" ޕްރޮގަރާމްގައި ވާހަކަ ދައްކަވަމުން ނެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާތީ މިނިސްޓަރ މަހްލޫފް މިދާލުވެފައިވަނީ ދެތިން މެންބަރަކު ސަރުކާރު ހަލާކު ކޮށްލަން އެބައުޅުއްވާ ކަމަށެވެ.

އަދި އެ މަސައްކަތް ކާމިޔާބު ވާނެހެނެއް ހީނުވާ ކަމަށާއި އެމްޑީޕީގެ ގިނަ މެންބަރުން މަސައްކަތް ކުރައްވަނީ ވަޒީރުންނާއި އެކު ވަރަށް ގުޅިގެން ކަމަށް މަހްލޫފް ވިދާލުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވެފައިވަނީ އަޅުގަނޑު މަގާމުން ވަކިކޮށްދާނެތީ އާޒިމް ބުނާ ގޮތަށް ކަންތަކެއް ނުކުރާނެ ކަމަށާއި އަލީ އާޒިމް ދެކެ ބިރުން ކުޅިވަރު ހަލާކު ކޮށްލަން ބައިވެރިވާ މީހަކަށް ދުވަހަކު ވެސް ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް އެމްޑީޕީ ޕީޖީގެ ތާއީދެއް މިހާރު ނޯންނާނެ ކަމަށާއި އޭނާގެ ސަބަބުން ސަރުކާރު ހަލާކުވެގެން ދިއުމަކީ ވަރަށް ދެރަ ކަމެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އަލީ އާޒިމާއި އެކު ދެތިން މެންބަރުން އުޅެނީ ސަރުކާރު ހަލާކު ކޮށްލަން: މަހްލޫފް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ