އާޒިމް އާއި މިނިސްޓަރު މަހުލޫފް | ފޮޓޯ: މިހާރު

ގާނޫނާ އެއްގޮތައް ނޫޅޭ ފަރާތްތަކަށް ފިޔަވަޅު ނާޅާނަމަ މިހިންގަނީ ގާނޫނީ ދައުލަތެއްބާ؟ - އާޒިމް

ގާނޫނާ އެއްގޮތައް ނޫޅޭ ފަރާތްތަކަށް ފިޔަވަޅު ނާޅާނަމަ މިހިންގަނީ ގާނޫނީ ދައުލަތެއްތޯ ސުވާލުކުރައްވައި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ޔޫތް މިނިސްޓަރ މަހްލޫފްއަށް ރައްދު ދެއްވައިފިއެވެ.

ސަރުކާރާއި މަޖިލިސް އަދި ކޯޓުތަކުން ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ރާއްޖެ ކުޅިވަރުތަކުން ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށް މަހްލޫފް ވިދާޅުވެފައިވަނިކޮށް އެކަމަށް ރައްދު ދެއްވައި އާޒިމް ކުރެއްވި ޓްވީޓެއްގައި އިންޓަރނޭޝަނަލް ޖަމިއްޔާތަކުން ރާއްޖެ ސަސްޕެންޑް ކޮށްފާނެއޭ ކިޔާ ޤާނޫނާއި ގަވާއިދާއި އެއްގޮތައް ނޫޅޭ ފަރާތްތަކާއި ދޭތެރޭ ވިޔަވަޅު ނާޅާނަމަ މި ހިނގަނީ ޤާނޫނީ ދައުލަތެއްތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

"އިންޓަރނޭޝަނަލް ޖަމިއްޔާތަކުން ރާއްޖެ ސަސްޕެންޑް ކޮށްފާނެއޭ ކިޔާ ޤާނޫނާއި ގަވާއިދާއި އެއްގޮތައް ނޫޅޭ ފަރާތްތަކާއި ދޭތެރޭ ވިޔަވަޅު ނާޅާނަމަ މި ހިނގަނީ ޤާނޫނީ ދައުލަތެއްބާ؟ މި އުސޫލުން ބަލާނަމަ ފޭރުމާއި ވައްކަންވެސް އޯކޭ ދެއްތޮ؟" އާޒިމް ކުރެއްވި ޓްވީީޓްގައި ވިދާޅުވެފައިވެއެވެ.

މަހްލޫފް ވިދާޅުވެފައިވަނީ ޒުވާން ޓީޓީ ޓީމުން މިދިޔަ އަހަރު ރާއްޖެއަށް ރަންވަނަ ތަކެއް ހޮޑައިދީފައިވާ ކަމަށާއި ނަމަވެސް ސަރުކާރާއި މަޖިލިސް އަދި ކޯޓުތަކުން ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ރާއްޖެ ކުޅިވަރުތަކުން ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައި.ޓީ.ޓީ.އެފް) އިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް އެމަނިކުފާނަށް ލިބިފައިވާކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ