ޕްރައިވެޓް ޖެޓްތަކުން އެއަރޕޯޓް ފުރެނީ

ކޮވިޑް-19 އާއި ގުޅިގެން ގިނަ މަސްތަކެއް ވަންދެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު މަޑުޖެހިފައި އޮތުމަށްފަހު ރާއްޖެއަށް ގިނަ އަދަދެއްގެ ޕްރިވެޓް ޖެޓްތައް އަންނަން ފަށައިފިއެވެ.

މިއީ ހުއްޓިފައި އޮތް ފަތުރު ވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުމެވެ. މަޑު ޖެހިފައި އޮތް ރާއްޖޭގެ އިޤްތިޞާދަށް ގެނުވި އުފާވެރިކަމެކެވެ. ކޮވިޑްއާއި ގުޅިގެން ރާއްޖޭގެ މައި ދޮރާށި ބަންދުކޮށްފައި އެތައް ދުވަހަކު އޮތުމަށް ފަހު ޖުލައި މަހު ވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލައިފައެވެ. ނަމަވެސް ފަތުރުވެރިން ރާއްޖެ އަންނަމުން ދިޔައީ ވަރަށް މަދުންނެވެ.

ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ފަތުރު ވެރިކަމުގެ ދާއިރާއަށެވެ. މިއީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައި މަގެވެ. މި ސިނާއަތު ހުއްޓުމާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި އެތައް ހާސް ބައެއްގެ ވަޒީފާތައް ގެއްލިފައިވާއިރު، ދިރި އުޅުމުގެ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ނަމަވެސް މިއަދު ވެލާނާ އެއަރ ޕޯޓުން ޓުވީޓް ކޮށްފައިވާ ފޮޓޯ ތަކަކުން އުންމީދު އާކޮށްދީފިއެވެ. އެގޮތުން މި ފޮޓޯ ތަކުން ފެންނަ ގޮތުގައި އެއާޕޯޓްގެ ދެ އޭޕްރަންއެއްގައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ޕާކްކޮށްފައިވާތަން ފެނެއެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރަން ފަށާފައިވާ ކަމުގެ ހެއްކެކެވެ. މި ޖެޓްތަކުގައި އެތައް ފަތުރު ވެރިންނެއް ރާއްޖޭގެ ހިތް ގައިމު މާހައުލުގައި ޗުއްޓީ ހޭދަކުރަމުން ދާކަން ވަނީ ދައްކުވައިދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ