މާރާމާރީއަކާ ގުޅިގެން ދެމީހަކު ހޯދަން ފޮޓޯ އާއްމުކޮށްފި

ސ. ގަން ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން ފޮޓޯ އާއްމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ  ސ. ފޭދޫ / ޝަބުނަމީވިލާ، އަޙްމަދު ލޫޠު ނަޢީމް (18އ) އާއި ސ. ފޭދޫ / ހަވީރީނާޒު، އިޢުތިޞާމް މުޙައްމަދު (21އ) ކަމަށެވެ.

މި ދެމީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ. ގަން ޕޮލިސް ސްޓޭޝަންގެ  ނަންބަރު 9792058 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އާއްމު ރައްޔިތުންނަށް ޝުކުރުދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ