އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް | ފޮޓޯ: އުނގޫފާރު.ކޮމް

އުނގޫފާރުން ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެއްޖެ

ރ. އުނގޫފާރުގައި މިއަދު ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮސިޓިވްވެއްޖެ އެވެ.

އުނގޫފާރުން ރެންޑަމް ސާމްޕަލް ނަގާފައި މިވަނީ އަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކުޑަކުރަތުގައި މަސައްކަތްކުރާ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެގޮތުން އިއްޔެވަނީ އެރަށުން ގާތްގަނޑަކަށް 80 ސާމްޕަލެއް ނަގައި ކޮވިޑަށް ޓެސްޓް ކޮށްފައެވެ.

އަދި މިހާތަނަށް ނަތީޖާ ލިބުނު މީހުންގެ ތެރެއިން އެކަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖާ ހެލްތު ސާރވިސަސް، އިބްރާހީމް ޒަޔާންއާއި ޙަވާލާދީ ސީއެންއެމްގައި ބުނެފައިވެއެވެ. މިކަމާ ގުޅޭ މަޢުލޫމާތު ހޯދާލުމަށް އެރަށު ކައުންސިލަރުންނަށް މިނޫހުން ގުޅާލުމުން ވިދާޅުވީ، އެފަދަ ޚަބަރެއް އެބޭފުޅުންނަށް ލިބިފައިވާކަމަށާއި، ނަމަވެސް އިތުރު ތަފްޞީލް އަދި ނޭނގޭކަމަށެވެ. އަަދި މިކަމާއި ގުޅިގެން ކައުންސިލްގެ ބައްދަލުވުމެެއް މިރޭ ބޭއްވުމަން ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

އުނގޫފާރުންވަނީ ޕޮޒިޓިވް ކޭސްއެއް ފެނިފައިވާކަން އެޗްއީއޯސީއިން ކަށަވަރުކޮށްދީފައިވާއިރު، މިވަގުތު ރަށް އޮތީ މޮނިޓަރިންގައިކަމަށާއި، އިތުރު ތަފްސީލް މިރޭގެ ޕްރެސްގައި ދޭނެކަމަށްވަނީ ބުނެފައެވެ.

އުނގޫފާރަކީ ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމުން އެރަށަކީ ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގިނަ އަދަދެއްގެ މީހުން އާންމުކޮށް ދާ ރަށެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ރ. ކުޑަކުރަތުން 63 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ