އަވަގުރާނަ ގޮވި މައްސަލައިގައި އަދުރޭގެ މައްޗަށް ދައުވާކޮށްފި

އަވަގުރާނަ ގޮވި މައްސަލައެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުވާކޮށް އެމައްސަލަ ކްރިމިނަލް ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހުށަހަޅައިފިއެވެ.

މިމައްސަލައާއި ގުޅިގެން އަދުރޭ ވިދާޅުވީ، ހަޑިހުތުރު އެއްޗިހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ތުހުމަތުކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ދައުލަތުގެ ފަރާތުން މިއަދު ހުށަހަޅައިފައިވާ ކަމަށާއި ސަރުކާރުން އުޅެނީ ގޮތް ހުސްވެގެން ކަމަށެވެ.

އޮންލައިން ނޫސް ސަންއަށް ދެއްވި ބަސްތީގަތުމެއްގައި މިމައްސަލައާއި ގުޅިގެން އަދުރޭ ވިދާޅުވީ، "ބައްލަވާ އަޅުގަނޑުމެން ސަރުކާރުގައި އަނިޔާވެރިއޭ އަނެއް ކަމެކޭ ކިޔައިގެން ވާހަކަ ދެއްކީ. މިކޮން ކަމެއްތޯ މިއީ. ތަނެއްގައި މީހަކު އެއްޗެއް ބުނީމަ ދައުވާކުރަން ޖެހޭތޯ." އެވެ.

ޕީޖީ އޮފީހުން ބުނީ އަދުރޭގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލު ހުކުމެއް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު އެއްޗިހިކީ މައްސަލާގައި ކަމަށެވެ.

އަދުރޭއަކީ މީގެކުރިންވެސް އާންމު މުޖުތަމައުގައި ބޭނުންކުރުން އެންމެ އެކަށީގެން ނުވާނެފަދަ ބަސްތައް މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން ބޭނުން ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ފަހުން ނެރުއްވި "ދެ ރަދުން" ފޮތާ ގުޅުވައިގެން އަދުރޭ ވިދާޅުވީ، "އެ ނެރުއްވައިގެން އުޅޭ ދެ ރ** ފޮތް...." މިހެންނެވެ.

އަދުރޭ އެފަދަ ހަޑިހުތުރު ބަހެއް ބޭނުންކޮށް ދެއްކެވި ވާހަކަ ބައެއް މީޑިއާތަކުން ވަނީ ވަގުތުން ދުރަށް ވެސް ދައްކައިފަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ