ސަރުކާރުން އޮތީ އަބްދުﷲ ޖާބިރު ކިޔާ ކުންފުންޏަކަށް ދަރާފައި ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރަ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވެފައި ވަނީ، ޖާބިރު މަސްލަތު ހިމެނޭ ކުންފުނިތަކުން 1.2 ބިލިއަން ރުފިޔާ ދައުލަތައް ދައްކަން އެބައޮތް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވުމާއި ގުޅިގެންނެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަނދުން ހުސައިން ވިދާޅުވީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މަސްލަތު ހިމެނޭ ކުންފުނިތަކުން ދިވެހި ދައުލަތައް ދައްކަވަން 1.2 ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ.
"އަމިއްފުޅު މަސްލަހަތު ހިމެނިވަޑައިގަންނަވާ ކުންފުނިތަކުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ސަރުކާރަށް އަދި ދައުލަތައްދައްކަން އެބައޮތް. އެމްއެމްޕީއާރުސީ ގެ ހިޔާނާތާއި ހަަމަ ދާދި އަރާ އެ ހަމަވަނީ. ދެން ކުދަކުޑަ ތަންކޮޅެއް ހުރީ. އެއް ފިޔަވަޅު އަޅާލިޔަސް އެމްއެމްޕީއާރުސީން ގެއްލުނު ފައިސާއާއި އެއްވަރު. އެހެންވީމާ 1.2 ބިލިއަން ދިވެހި ރުފިޔާ މި ރާއްޖޭގެގެ ރައްޔިތުންނަށް ދައްކަން ހުރި” އަނދުން ހުސައިން ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ، ޖާބިރު ވިދާޅުވީ، ކާޝިދޫ ދާއިރާގެ މެމްބަރަކީ ކާޝިދޫ ރައްޔިތުން ހޮވާފައި ހުރި މެމްބަރެއް ކަމަށާއި މިއީ ރައްޔިތުން މަޖިލިސް ކަން ކަމާއި މިއީ ޝަރީއަތް ކުރާ މަޖިލިސް ނޫން އަނދުން ހުސައިން އަށް އިނގިވަޑައިގަންނަވަން ވާނެ ކަމަށެވެ. އަދި މިތާގައި ދޮގު ހަދައިގެން ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީ މަނާކޮށްފައި އޮތް ކަމެއްކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނަށް އޮޅުވާލަން ހަދާނެކަމެއް ނެތް ކަމަށާއިދިވެހި ސަރުކާރުން އޮތީ އަބްދުﷲ ޖާބިރު ކިޔާ ކުންފުންޏަކަށް ދަރާފަ ކަމަށާއި އެހެންވީމައި ދިވެހި ދައުލަތައް އަބްދުﷲ ޖާބިރު ކިޔާ މީހަކު ކުންފުންޏަކުން ލަރިދޭން އޮތިއްޔާ ސަރުކާރުން އެ ރިކަވަރީ ހަމަޖައްސަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.




