ފީފާގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފީފާގެ ރައީސް އިންފަންޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެެވެ.

އުމުރުން 50 އަހަރުގެ އިންފަންޓީނޯ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ ކިބައިން ކޮންމެވެސް ވަރަކަށް އަލާމާތްތައް ފެންނަކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ އިންފަންޓީނޯ މިހާރު ސެލްފް އައިސޮލޭޓްކޮށްފައިވާއިރު، ވޭތުވެދިޔަ ދުވަސްތަކުގައި އޭނާއާއި ބައްދަލުވި މީހުންނަށް މިހާރުވަނީ އެކަން އަންގާފައެވެ. ފީފާއިންވެސް މިކަން ކަށަވަރުކޮށްދީފައިވާއިރު، އައިސޮލޭޝަންގައި 10 ދުވަސް ހޭދަކުރާނެކަމަށްވެސް ފީފާއިން ބުނެއެވެ.

އަދި ރައީސްއަށް އަވަސް ޝިފާއަކަށް އެދިފައިވާއިރު، މިދިޔަ ދުވަސްތަކުގައި އޭނާއާއި ބައްދަލުވި މީހުން ރައްކާތެރިކަމުގެ އެޅުމަށްވެސް ފީފާއިންވަނީ އެދިފައިވެއެވެ.

ކޮވިޑްގެ ނުރައްކާ އަދިވެސް ދުނިޔެއަށް ކުޑަވެފައިނުވާއިރު، މުޅި ދުނިޔެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 43 މިލިއަނަށް އަރާފައިވާއިރު މިހާތަނަށް 43,966,945 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް މުޅި ދުނިޔެއިން 32,297,518 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 1,167,097 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ