އަންނަ އަހަރު ފީފާގެ މެޗުތަކުގެ އޮފިޝަލުގުންގެ ގޮތުގައި ރާއްޖޭގެ 5 ރެފްރީއެއް

އަންނަ އަހަރު ދުނިޔޭގެ ފުޓުބޯޅަ އިދާރާ ފީފާގެ މެޗުތަކުގެ މެޗު އޮފިޝަލުގުންގެ ގޮތުގައި ރާއްޖޭގެ 5 ރެފްރީއެއް ހިމެނިއްޖެ އެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާ، އެފްއޭއެމް އިން ދެންމެ ހާމަކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރު ފީފާ މެޗުތަކުގެ އޮފިޝަލުކަން ކުރުމުގެ ފުރުޝަތު ރާއްޖޭގެ 5 ރެފްރީއަކަށް ވަނީ ލިބިފައެވެ.

އެފްއޭއެމް އިން ހާމަކުރައްވާފައިވާ ގޮތުގައި ފިފާގެ މެޗު އޮފިޝަލުންގެ ތެރޭގައި ހިމެނުނު 5 ރެފްރީންނަކީވެސް މީގެކުރިންވެސް ރަނގަޅު ފެންވަރުގެ މެޗުތަކެއްގައި އޮފިޝަލްކަންކޮށް ތަޖުރިބާ ލިބިފައިވާ 5 ރެފްރީންނެވެ. އެގޮތުން ސާފް ގޭމްސް، އޭއެފްސީ ކަޕް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަދި ފީފާގެ މުބާރާތް ތަކުގައި މި އޮފިޝަލުން ވަނީ އޮފިޝަލްކަން ކުރައްވާފައެވެ.

ރާއްޖެއިން ފުރުޞަތު ލިބުނު 5 އޮފިޝަލުންނަކީ އާދަމް ފަޒީލް، މުޙައްމަދު ޖާވިޒް، ހުސައިން ސިނާން، އަޙްމަދު އަބްދުﷲ އަދި ޖައުފަރު ރަޝީދެވެ.

އާދަމް ފަޒީލް އާއި މުޙައްމަދު ޖާވިޒް އަކީ 2016 ވަނަ އަހަރުން ފެށިގެން ފީފާ ލައިސަންންސް ލިބިފައިވާ ދެ ރެފްރީއެވެ. މީގެ އިތުން ހުސައިން ސިނާން އަކީ މިއަހަރު ފީފާ ލައިސަންސް ލިބިފައިވާ ރެފްރީ އެކެވެ. ޖައުފަރު ރަޝީދު އަަށް 2012 ވަނަ އަހަރު ފީފާ އެސިސްޓަންޓް ރެފްރީގެ ލައިސަންސް ލިބުނުއިރު 2015 ވަނަ އަހަރުނ ފެށިގެން އަޙްމަދު އަބްދުﷲ އަކީ ފީފާ އެސިސްޓަންޓް ރެފްރީ އެކެވެ.

މި 5 ރެފްރީންވެސް ވަނީ އިންޓަރނޭޝަނަލް އެކި މުބާރާތް ތަކުގެ މެޗުތަކުގައި ރާއްޖޭން ބޭރުގައި އޮފިޝަލްކަން ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ