ރާއްޖެ ބަނގުރޫޓް ކުރީ ރައީސް ޔާމިން: ނަޝީދު

ރާއްޖެ ބަނގުރޫޓު ކޮށް ފަނޑިޔާރުގެތައް ކޮރަޕްޝަނުގެ އައްޑާތަކަކަށް ބަދަލުވީ ރައީސް ޔާމިނުގެ އިރުޝާދުގެ މަތިންކަން ދިވެހިން ވަރަށް ރަނގަޅަށް ދައްނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ދާދިދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ ބަނގުރޫޓުކޮށްފަ، ފަނޑިޔާރުގެތައް ކޮރަޕްޝަނުގެ އައްޑާ ތަކަކަށް ބަދަލުވީ ރައީސް ޔާމިނުގެ އިރުޝާދާއި، ލަފަޔާއި، އެންގުމާއި، ބައިވެރިވުމުގެ ތެރެއިންކަން ދިވެހިން ވަރަށް ރަނގަޅަށް ދައްނަ ކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމުގައި ކަންވީގޮތް ރައްޔިތުންނަށް މާބޮޑަށްވެސް އިނގޭ ކަމަށެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަދައްކަވައި ރައީސް ޔާމިނަށާއި އަދި އެމަނިކުފާނުގެ ވެރިކަމުގެ ދައުރަށް ފާޑުވިދާޅުވެފައި މިވަނީ އަނެއްކާވެސް އަލުން ޕީޕީއެމްއަށް ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް، ޝަރުއީ އަދި ގާނޫނީ ދާއިރާ އަށް މާނަވީ އިސްލާހްތައް ގެނެވޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމްގެ ނުވަ އަހަރީ ދުވަހާއި ގުޅުވައިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން މެދުވެރިކުރައްވާ އާއްމު ކުރެއްވި މެސެޖެއްގައެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރެއްވި މައްސަލައިގައި ރައީސް ޔާމިން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އޭދަފުށީ މުހައްމަދު

    ރާއްޖެ ބަގުރޫޓު ކުރީ ކެނެރީގޭ ނަޝީދު. ރާއްޖެއަށް ދުވަހަކުވެސް ނުގެނެސްދެވޭ ވަރުގެ ތަރައްގީއަކާއި ރަންޒަމާނެއް ގެނެސްދެއްވީ ރައީސް ޔާމީން. މިއީ ހަގީގަތް. މި ހަގީގަތް ފޮރުވުމަށް އަންނިއާއި އޭނާއަށް ތަބާ ވާ މީހުން ކިތަންމެ ވަރަކަށް އުުޅުނަސް ތިކަމެއް ނުވާނެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ