ރައީސް ނަޝީދުގެ ޑްރާމާއަށް ދިވެހިން ފަރިތަ: ޖަމީލް

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީުގެ ރައީސް މުހައްމަދު ނަޝީދުގެ ޑްރާމާއަށް ދިވެހިން ފަރިތަ ވެއްޖެ ކަމަށް  ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަނޑިޔާރު ވަގަށް ނަގާ، ސުޕްރީމް ކޯޓު ތަޅުއަޅުވާ އަދި ހިންގަން ކޮމިޓީއެއް ނެގި ރައީސް ނަޝީދުގެ ޑްރާމާއަށް ދިވެހިން ފަރިތަ ކަމަށެވެ.

ޖުޑީޝަރީ ކޮރަޕްޓް ކުރާގ ގޮތް ރައްޔިތުންނަށް ފެންނަ ކަމަށާއި ދަރަނި ނަގަން ކަމަށް ބުނެ 170 ބިލިއަން އަޅުވައިފި ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އަނެއްކާ ވެސް އަވަހަށް ފައިބަން ދިވެހިން އެދެނީ. ހުސް ފޭކް ވައުދާ، ރިފޯމް ކަން ފަޅާ އަރައިފި." ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު ސިޔާސީ މީހުން ނުތިބޭ ގޮތަށް ޖޭއެސްސީ އެކުލަވާލުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ހުށައެޅުއްވި ބިލް މަޖިލީހުން އިއްޔެ ވަނީ ބޭރުކޮށްލާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާފާފައިވާ ގޮތައް ބަދަލު ގެނައުމަށް މި ބިލު ހުށައަޅުއްވަމުން ތޯރިގް ވިދާޅުވީ، ފާއިތުވެ ދިޔަ އަހަރުތަކުގައި އެންމެ ބޮޑަށް ފާހަގަ ވެގެން ގޮސްފައިވަނީ ޖޭއެސްސީ އަށް މީހުން އައްޔަން ކުރުމާއި އެ ކޮމިޝަންގައި ހިމެނުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފަައިވާ ގޮތުގެ މަތިން މީހުުން އައްޔަނުކޮށް އަދި އެ ކޮމިޝަނަށް މީހުން ހިމެނުމުގެ ސަބަބުން އެ ކޮމިޝަނުން ނިންމާ ނިންމުން ތަކުގެ ވެރިކަން ހިންގުުމުގެ ބާރާއި ގާނޫނު ހެދުމުގެ ނުފޫޒު އިންތިހާއަށް ހިމެނި ގާނޫނު އަސާސީގެ ދަށުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބިދޭ މިނިވަންކަމާއި މުސްތަގިއްލު ކަމަށް ހުރަސްއ އެޅޭކަން ކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ނުކޮށް ޝަރުޢީ ނިޒާމް އިސްލާޙެއް ނުކުރެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖޭއެސްސީގެ ކޮމްޕްސިޝަން ބަދަލު ނުކޮށް ޝަރުޢީ ނިޒާމް އިސްލާޙެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ