މާލޭ މަގުމަތީ ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނަގަން ފަށައިފި

މާލޭ މަގުމަތީ ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނަގާ ސާފުކުރަން ފަށައިފިކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިގާވެއުޅޭ ފަރާތްތަކަށް ދަތިވާގޮތަށްބަހައްޓާފައިވާ ޕެލެޓްތަކާއި ،މީހުންނަށް އަނިޔާވާގޮތަށް ހުރި ހަލާކުވެފައިވާ ޕެލެޓާއި އެހެނިން ތަކެތި މި ހިނގާ އޮކްޓޯބަރ 28 ވަނަ ދުވަހުގެ ކުރިން ނަގައި ތަންސާފުކުރުމަށް ސިޓީ ކައުންސިލުން ވަނީ އާންމުންނަށް އަންގައިފައެވެ.

ސިޓީ ކައުންސިލުން ޕެލެޓްތައް ނަގާ ތަންސާފުކުރާ ފޮޓޯތަކާއެކު މިއަދު ޓިވީޓުކޮށްފައިވާއިރު، ސިޓީ ކައުންސިލުން ވިދާޅުވީ، ކުނީގެ ގޮތުގައި މިތަކެތި ނަގައި ނައްތާލެވޭނެ ކަމަށެވެ.

މިތަކެތި ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހުތަކެއްޗަށް ލިބޭގެއްލުމާއި އުނިއިތުރަށް ސިޓީ ކައުންސިލުން ޒިންމާ ނުވެވޭނެކަމަށް ކައުންސިލުން މީގެކުރިން ވަނީ އިއުލާންކޮށްފައެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި، ހިނގާ ބިނގާވެއުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ގިނަ އަދަދެއްގެ ޕެލެޓް ފަދަ ސާމާނު ހުރިކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ