ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށައަޅައިފި

ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި ބިލް ހުށައަޅުއްވާފައިވަނީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ސަބަބުތަކަކީ، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށް އެރުންތައް ނައްތާލުމާއި، އެ މުއްސަސާތައް
ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ޤާއިމްކުރުންކަމަށް ހަސަން ލަތީފު ފާހަގަކުރައްވާފައިވެއެވެ.

މެންބަރު ހަސަން ލަތީފު ފާހަކުރައްވާފައިވާ އިތުރު ސަބަބުތަކަކީ، ކުޅިވަރުގެ ވަޞީލަތްތައް ބިނާކޮށް ތަރައްޤީކުރާއިރު އެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމާއި، އެފަދަ ވަޞީލަތްތައް ޤާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުޞޫލެއް ޤާއިމްކުރުންކަމަށެވެ.

މީގެ އިތުރުން،ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިޚާބުތަކެއްކަމުގައި ހެދުމާއި،
ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން ކަމުގައި ހަސަން ލަތީފް ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ