އެސްޓީއޯ - ފޮޓޯ: އޭއޯ ނިއުސް

އެސްޓީއޯގެ ފައިދާ ތިންވަނަ ކުއާޓާގައި 100 މިލިއަނަށް

މިއަހަރުގެ ތިން ވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބުނު ސާފު ފައިދާގެ އަދަދު 100 މިލިއަނަށް އަރައިފިއެވެ.

އެސްޓީއޯ އިން އާންމު ކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ތިން ވަނަ ކުއާޓާގެ ރިޕޯޓަށް ބަލާއިރު މިއީ މިއަހަރުގެ ފުރަތަމަ ދެ ކުއާޓާއާއި އަޅާ ބަލާއިރު އެކުންފުންޏަށް ލިބުނު ސާފު ފައިދާގެ ކުޑަ ދައްވުމެއް ނަމަވެސް ފާއިތުވި އަހަރުގެ ތިން ވަނަ ކުއާޓާއާއި އަޅާބަލާއިރު ކުރިއެއެރުމެކެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައި ވަނީ 94 މިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުޏްނަށް އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ތިންވަަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ.

ތިންވަނަ ކުއާޓާގެ ރިޕޯޓުން ދައްކާ ގޮތުގައި އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ތެލުންނެވެ. އެގޮތުން ތެލުގެ ވިޔަފާރިން ތިން ވަނަ ކުއާޓާގައި އެކުންފުންޏަށް ވަނީ 818 މިލިއަން ރުފިޔާ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ