މާލޭގައި ޓެކްސީ ދުއްވަމުން އަންނަ ހަމަ އެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ގެއްލުން ދިން މައްސަލައިގައި ގެއްލުން ދިން ފަރާތްތަކަށް ފިޔަވަޅު އެޅުމަށް، މާލެ ސިޓީ ކައުންސިލް މޭޔަރ ޝިފާ މުހައްމަދު ފުލުހުންގެ ކިބައިން އެދެފިއެވެ.
މޭޔަރ ޝިފާ އައިންތުއާއި ބައްދަލިކުރައްވާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާމިނަތު ވަހީދާ އަކީ ރާއްޖޭގައި ހުރި ހަމަ އެކަނި އަންހެން ޑްރައިވަރުކަމަށާއި، މާލޭ ސިޓީގައި ޓެކްސީކޮށްގެން ހަލާލް މަސައްކަތުން ދިރިއުޅުމެއް ބިނާކޮށްގެން ދިރިއުޅެމުންދާ ފިސާރި ކަނބަލެއްކަމަށެވެ.
އާމިނަތު ވަހީދާ އަކީ ރާއްޖޭގައި ހުރި ހަމަ އެކަނި އަންހެން ޑްރައިވަރ، މާލޭ ސިޓީގައި ޓެކްސީކޮށްގެން ހަލާލް މަސައްކަތުން ދިރިއުޅުމެއް ބިނާކޮށްގެން ދިރިއުޅެމުންދާ ފިސާރި ކަނބަލެއް،1/2 pic.twitter.com/ItX6MyNCzu
— Male' City Council (@MaleCitymv) October 30, 2020
އަދި މޭޔަރ ޝިފާ އައިންތު އާއި ބައްދަލުކޮށް ދިމާވާ ދަތިތަކާއި ގޯނާތަކާއި ބެހޭ ގޮތުން އޮޅުންފިލުވާ, ގޯނާތަށް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ކިބައިން އެދުނުކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ
މި މަހުގެ 27 ގައި އައިންތު މިސްމީޑިއާގައި ކޮށްފައިވާ ޕޯސްޓްއެއްގައި ބުނެފައި ވަނީ އައިންތު ޓެކްސީ ކުރާ ކާރު ޑްރަގްކޯޓު ކުރިމަތީ ޕާކް ކޮށްފައި އޮއްވާ ބިއްލޫރިގަނޑު ތަޅާލާފައިވާކަމަށެވެ.
މީއީ އައިންތު ޓެކްސީ ކުރަން ފެށިފަހުން މިގޮތަށް ބިއްލޫރި ތަޅާލި 5 ވަނަ ފަހަރު ކަމުގައިވެސް އައިންތު ވަނީ ބުނެފައެވެ. އެގޮތުން މީގެ ކުރިން އައިންތު ޓެކްސީ ކުރާ ކާރަށް އޭނާގެ ކުރީގެ ފިރިމީހާ ވަނީ ގެއްލުން ދީފައެވެ.




