ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ އެމެރިކާގައި އަނެއްކާވެސް ރިކޯޑު އަދަދަކަށް އެއް ދުވަސްތެރޭގައި ކޮވިޑް-19 ގެ ކޭސްތައް ފެނިއްޖެއެވެ.
މިދިޔަ ބުރާސްފަތީގައި، އެމެރިކާއިން 90،000 ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެއާއެކު އިއްޔެވެސް މި އަދަދު މަތިވެ، ގާތްގަނޑަކަށް އެއްލައްކަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވެވެފައިވާކަމަށް މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.
އާއެކު މިއީ އެއް ދުވަހެއްގެ ތެރޭގައި އެ ޤައުމުން ކޮވިޑް-19 ގެ އާ ކޭސްތަކެއް ފެނުނު ރިކޯޑު އަދަދެކެވެ. އަދި މިއީ ރެކޯޑު އަދަދަކަށް އެ ޤައުމުން އެއް ދުވަސްތެރޭގައި މީހުން ޕޮޒިޓިވްވި ފަސް ވަނަ ފަހަރެވެ.
މީގެ އިތުރުން، މުޅި ދުނިޔެއިން ރެކޯޑު އަދަދަކަށް ކޮވިޑް-19 ގެ ކޭސްތަކެއް އެއް ދުވަސްތެރޭގައި ފެނިފައިވަނީ ޤައުމަކަށް އެމެރިކާ މި ވަނީ ވެފައެވެ. މީގެ ކުރިން ދި މުޅި ދުނިޔެއިން ރެކޯޑު އަދަދަކަށް ކޮވިޑް-19 ގެ ކޭސްތަކެއް އެއް ދުވަސްތެރޭގައި ފެނިފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. އެގޮތުން ސެޕްޓެމްބަރު 17 ގައި 97,894 މީހުން އެ ގައުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
އެމެރިކާއިން، ރެކޯޑު އަދަދަކަށް އެއް ދުވަސްތެރޭގައި މިހާ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ، އެމެރިކާގެ ރިޔާސީ އިންތިހާބުގެ "އާލީ ވޯޓިން" ނުވަތަ ކުރީ ބައިގައި ލާ ވޯޓުގެ މަރުހަލާ ފެށިފަހުން، ހަފްތާއަކަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
.މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 9,318,043 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 235,180 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.



