މޯލްޑިވިއަންގެ އެހީތެރިކަމާއެކު އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށައިފި

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެހީތެރިކަމާއިއެކު އަވަށްޓެރި އިންޑިއާގައި ސީޕްލޭންގެ ޙިދުމަތް މިއަދު ފަށައިފިއެވެ.

އިންޑިއާގައި ސީޕްލޭން ޙިދުމަތް ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދަތުރުތައް އިފްތިތާހުކޮށްދެއްވިއިރު، އެމަނިކުފާނަށް ދަތުރާ ގުޅޭގޮތުން އިރުޝާދު ދެއްވީ މޯލްޑިވިއަންގެ ކެބިން ކުރޫ އިންސްޓްރަކްޓަރ ހުސައިން ފަޒީލްއެވެ. އަދި މި ޙިދުމަތް ފެށުމަށް ބޭނުންކުރާ މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޓްވެސް ކުރަނީ ދިވެހި ކެޕްޓަނުންނާއި ދިވެހި ކްރޫއިންނެވެ.

އިންޑިއާގެ ސްޕައިސް ޖެޓް ކުންފުނިން އެޤައުމުގައި ސީޕްލޭންގެ ޙިދުމަތް ފެށުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއް ޗާރޓަރކޮށް އެޤައުމަށް ގެންގޮސްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑީރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، އިންޑިއާގެ ސީޕްލޭން ޙިދުމަތް ފެށުމަށް މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާޓަރކޮށްގެން ގެންދިއުމަކީ އެއްގައުމު އަނެއްގައުމަށް ކުރާ އިހްތިރާމް ރަމްޒުކޮށްދޭކަމެއްކަމަށެވެ.

ރިޒްވީ ވިދާޅުވީ، އިންޑިޔާއިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ސީޕްލޭން ޗާރޓަރ ކުރެވޭނެކަމަށާއި، ސީޕްލޭންގެ ހިދުމަތް ދެމުންގެންދާ އެތައްގައުމެއް އެބައޮތް ކަމަށެވެ. ނަމަވެސް އަވަށްޓެރި އިންޑިޔާއިން ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން އިހްތިޔާރުކުރިކަމީ ދިވެހިންނަށް ލިބިގެން ދިޔަ ފަހުރަކާއި ޝަރަފެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މިފުރުސަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަން އެތައްތަނަކުން އިތުރުވެ ވިޔަފާރިގެ ދާއިރާއިން ބޮޑެތިކުރިއެރުން ތަކެއް ލިބިގެން ދާނެ. އަދި ސްޕައިސްޖެޓްފަދަ ކުންފުންޏެއްގެ އިތުބާރާއި ޔަޤީންކަން ލިބުމަކީ ވައިގެ އުދުހުންތަށް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރުފަހިކަމެއް ލިބިގެންދާނެކަމެއް، މިފުރުސަތުގެ ބޭނުންވީހާވެސް އެދެވޭ ގޮތެއްގައި އަޅުގަނޑުމެން ހިފާނަން" ރިޒްވީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ