ފޮޓޯ: ރަސްއޮންލައިން

މާލޭގެ އިމާރާތެއް ގަނބަނީ!

ވެރިރަށް މާލޭގެ ޖަލާލުއްދީން މިސްކިތް ކައިރީ ހުރި އިމާރާތެއް ގަނބައިގަނެއްޖެއެވެ.

މިއިމާރާތުގެ ފޮޓޯތައް މިހާރު މީސްމީޑިއާގައި އާންމުވެފައިވާއިރު، ފޮޓޯތަކުން ފެންނަނީ އިމާރާތުގެ ތިރީގައި ހުރި ފިހާރައިގެ ބިއްލޫރިގަނޑު ވެސް ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައިވާތަނެވެ.

ފުލުހުން ވިދާޅުވީ، މާލޭ ޗާންދަނީ މަގު، ސެލްޒޯންގެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެންގޮސްފައިވާކަމުގެ މަޢުލޫމާތު މިއަދު މެންދުރުފަހު 13:20 ހާއިރު ލިބިފައިވާކަމަށާއި، މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށެވެ.

މާލޭގައި އިމާރާތްކުރުމުގައި ބައެއް ފަހަރު އިހުމާލުވެފައި ހުރުމުގެ ސަބަބުން ގިނަ ހިތާމަވެރި ނުރައްކާތެރި އެތަށް ހާދިސާއެއް ވަނީ ހިނގާފައެވެ. މިފަދަ މައްސަލަތައް ޙައްލުކުރުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ޕްލޭނިން މިނިސްޓްރީ އިން ވަނީ އިމާރާތްކުރުމުގައި ވީހާވެސް ރައްކާތެރިކޮށް މަސައްކަތްތައް ކުރުމަށާއި، އިމާރާތަކުގެ ފެންވަރު ހުންނަން ޖެހޭނެ މިންވަރާއި ގުޅޭ ގަވައިދުތަކެއް ވެސް އެކުލަވާލާފައިވާކަން ފާހަގަކުރެވެއެވެ.

އަދި ސަލާމަތީ ގޮތުން ރައްކާތެރިނޫން ހާލަތެއްގައި އެއްވެސް އިމާރާތެއް، އިމާރާތެއްގެ ބައެއް ނުވަތަ ތަނެއް ހުރިކަން އެއްވެސް ފަރާތަކަށް ފާހަގަ ކުރެވިއްޖެނަމަ އެކަން މިނިސްޓްރީއަށް އެންގުމަށްވެސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިންވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ