އަންހެނުން ލައްވާ ހަށިވިއްކުވި މީހާގެ ބަންދަށް ހަތް ދުވަސް

ހަށިވިއްކުމަށް އަނބިމީހާ ރާއްޖެ ދޫކޮށްލުމަށްފަހު އޭނާގެ ޕާސްޕޯޓް ހިފައިގެން ފިލަން އުޅެނިކޮށް މޯލްޑިވްސް އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީ މީހާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.

މައްޗަންގޯޅީ ގެއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލާ ފާސްކޮށް ބަންގްލަދޭޝް ތިން ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވުނު އަންހެން މީހާއަކީ ވެސް ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވުނު އަންހެން މީހާއަކީ ވެސް ބަންގްލަދޭޝް މީހެއް ކަމަށާއި، އަންހެން މީހާ ހަށިވިއްކުވަނީ އޭނާގެ 39 އަހަރުގެ ފިރިމީހާ ކަމަށެވެ. އަދި އަންހެން މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އޭނާ ކޮށްފައިވާ އަނިޔާތަކުގެ ނިޝާންތައް ވެސް ފެންނަން ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު އެ އަންހެން މީހާއަށް އިކޮނޮމިކް މިނިސްޓްރީން ސޭފް ހައުސް ހަމަޖައްސައިދީފައިވާއިރު، މިދެމަފިރިން ރާއްޖެ އައިސްފައި ވަނީ މެއި 15 ވަނަ ދުވަހު ޓްއަރިސްޓް ވިސާ ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ