ސިޔާސީ ކަމަކަށް ޓެއިލާ ސްވިފްޓުގެ ލަވައެއް ބޭނުންކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފި

މިއަހަރުގެ އެމރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕާއި ދެކޮޅަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންގެ ސިޔާސީ އިޝްތިހާރެއްގައި، މަޝްހޫރު ލަވަކިޔުންތެރިއާ ޓެއިލަރ ސްވިފްޓުގެ ލަވައެއް ބޭނުންކުރުމުގެ ހުއްދަ އޭނާ ދީފިއެވެ.

މިއީ ޓެއިލަރ އޭނަގެ ލަވައެއް ސިޔާސީ ކަމެއްގައި ބޭނުންކުރުމަށް ހުއްދަ ދިން ފުރަތަމަ ފަހަރުކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ޖޯ ބައިޑަން ތަމްސީލުކުރާ ޑިމޮކްރެޓިކް ރިޕަބްލިކް ޕާޓީގެ މެންބަރެއްކަމުގައިވާ އެރިކް ސްވަލްވެލް ވަނީ ޖޯ ބައިޑަންއަށް ސަޕޯޓުކުރުމުގެ ގޮތުން ހަދާފައިވާ މި އިޝްތިހާރު މިދިޔަ ހުކުރު ދުވަހު ޓްވީޓުކުރައްވާފައެވެ. އަދި ބައިޑަންގެ ރަނިންމޭޓް ސެން ކަމަލާ ހޭރިސްވެސް ވަނީ މި ޓްވީޓް ރީޓުވީޓުކުރައްވާފައެވެ.

މި ވީޑިއޯގައި ބޭނުންކޮށްފައިވަނީ، ޓެއިލަރ ސްވިފްޓުގެ "އޮންލީ ދަ ޔޫތް" މި ލަވައެވެ.

މި ވީޑިއޯއަކީ، ޒުވާނުން ވޯޓުލުމަށް ތަރުޙީބުދީ އެކަމަށް ހޭލުންތެރިކުރުމުގެ ބޭނުމުގައި ހަދާފައިވާ ވީޑިއޯއެކެވެ. އަދި ވީޑިއޯގައި ބޭނުންކޮށްފައިވާ ޓެއިލަރގެ މި ލަވައަކީ، ޒުވާނުން އެމީހުންނަށް ލިބިދޭ ހައްޤުތައް ހޯދުމުގައި ފައިޓްކުރުމަށް ބާރުއެޅުމުގެ ގޮތުން ކިޔާފައިވާ ލަވައެކެވެ.

މި ވީޑިއޯ އިޝްތިހާރު ރިލީޒްކޮށް، އެރިކް ކޮށްފައިވާ ޓްވީޓުގައި، ޓެއިލަރގެ "އޮންލީ ދަ ޔަންގް" މި ލަވަ  ބޭނުންކުރުމުގެ ހުއްދަ ދިނީތާ އޭނާއަށް ޝުކުރު އަދާކޮށްފައިވެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ޓެއިލާ ސްވިފްޓު ތާއިދުކުރާ ކެންޑިޓޭޓްއަކީ، ޖޯ ބައިޑަންކަން މީގެ ކުރިން އޭނާ ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ