މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ވިދާޅުވެފައި ވަނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 15:00 އާއި ދެމެދު ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
މިއަދު މޫސުން ލަފާކޮށް މެތް އޮފީހުން ވިދާޅުވެފައި ވަނީ، ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި މީގެތެރެއިން ބައެއްް ރަށްތަކަށް ގުގުރުން އެކަށީގެން ވާ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށާއި އުތުރުގެ އަތޮޅުތަަކަށް މޫސުން ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ.
Alert White for heavy rain and thunderstorms. pic.twitter.com/U9a6dOyunn
— Maldives Meteorology (@MetMaldives) November 2, 2020
"ހުޅަނގާއި ހުޅަނގުއުތުރުން އެންމެ ދެކުނުގެ އަތޮޅުތަކައް ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި. ދެކުނުގެ އަތޮޅުތަކައް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވެފައި ވަނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަަށް ގަދަ ވާާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވާާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ 2 ފޫޓާއި 4 ފީޓާއި ދެމެދުގައި ކަމަށެވެ.




