ގެއްލިގެން ހޯދަމުންދާ ޝިރުމީނާ އަބޫބަކުރު - ފޮޓޯ: ޕޮލިސް

ގެއްލުނު މީހާ ރަހީނުކޮށް އޭނާއަށް އަނިޔާކޮށްފައިވާކަމަށް ބެލެވޭ - ފުލުހުން

މާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށްއައި އަންހެން މީހާ، ބަޔަކުވެގެން ރަހީނުކޮށް އޭނާއާއިމެދު އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށްއައި މީހާ، ބަޔަކުވެގެން ރަހީނުކޮށް އޭނާއާއިމެދު އަނިޔާވެރި އަމަލުތަކެއް ހިންގައި ބްލެކް މެއިލް ކޮށްގެން ފައިސާ އަތުލާފައިވާކަމަށް ބެލެވިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށެވެ

މީގެ އިތުރުން އެ އަންހެންމީހާ ޑޮކްޓަރަށް ދައްކައި ފަރުވާދިނުމުގެ ކަންކަން ގެންދަނީ ކުރަމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ރ. ކިނޮޅަސް، ލަގްޒަރީ، 33 އަހަރުގެ ޝިރުމީނާ އަބޫބަކުރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ