މާލޭގެ ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މީހަކަށް މިރޭ އާއްމުން އަދަބުދީ ގަންހިންގުވައިފިއެވެ.
ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އާންމުންގެ ބަޔަކު ވަނީ 18 އަހަރުގެ މީހަކު ހިފަހައްޓާފައިވާއރު މީނާވަނީ ބްލޫކިޔާ މަގުގައި ގަން ހިންގާފައެވެ. ގަންހިންގުވި އިރު އޭނާގެ ބުރަކަށީގައި "ވަގު" މިހެން ލިޔެފައި ހުއްޓެވެ.
މިރޭ 20:38 އެހާކަށްހާއިރު ފެންކޭހެއް ވަގަށްނެގި މީހަކު އާންމުންގެ ބަޔަކު ހިފަހައްޓާފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލްވެސްވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލަ ފުލުހުން މިހާރުދަނީ ތަޙުޤީގުކުރަމުންނެވެ.
ވައްކަން ކުރާ މީހުންނާއި އެ ނޫން ވެސް ކަންކަމުގެ ތުހުމަތު ކުރެވޭ މީހުންނަށް އާންމުން ނުކުމެ އަދަބުދީ ކަންތައް ކުރާތީ ފުލުހުން ވަނީ ރައްޔިތުން އަމިއްލައަށް ގޮތް ނުނިންމުމަށް އެދިފައެވެ.
ދާދި ފަހުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހުޅުމާލޭގައި މީހަކު ގަން ހިންގާފައިވާ އިރު ކ. ދިއްފުށީގައި ވައްކަން އިތުރުވެ ރައްޔިތުން ނުކުމެވަނީ ވަގުންނަށް އަނިޔާކޮށްފައެވެ.
ހިޔާލު
Mulhi gaumuge baitulmaalu dhavaali vagun ves ehba thibi. Ehmeehun gan nuhinganee keehvebaa ey hithah araa
Emeehnuge kanthah balan thibi meehunge fenvareh netheee thoacheh
Thi kujja gan hinguvumuge kurin eyna fen keyheh vagah nagan jehunu sababkee kobaitho ves balaalun muhinmu kanneyge
Thy v bodu thedheh.
ކޮމެންޓް ކުރުން ބަންދު