މޫސުން ރަނގަޅުނުވެ ދެކުނުގެ އެލާޓުގެ ވަގުތު އިތުރުކޮށްފި

ދެކުނުގެ މޫސުން ރަނގަޅުނުވެ އަނެއްކާވެސް އެލާޓުގެ ވަގުތު އިތުރުކޮށްފި އެވެ.

ދެކުނުގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މިރޭ 08:00 އިން ފެށިގެން ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ވައިޓު އެލާޓު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދަށެވެ.

ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެކަމަށް ލަފާކޮށް ލ. އަތޮޅުން އައްޑޫ ސިޓީއާއި ދެމެދު ވައިޓް އެލާޓުގެ ވަގުތު މިހާރުވަނީ މާދަމާ ހެނދުނު 07:00 ޖަހެންދެން އިތުރު ކޮށްފައެވެ.

ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއްް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް ވިދާޅުވިއެވެ.

“ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ  އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 13  މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭހޭނެ. ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ ކަނަޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ 2 – 5 ފޫޓާއި ދެމެދުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ