ކޮވިޑް ވެކްސިން ޔޫއޭއީގެ ނައިބު ރައީސްއަށް ދީފި

ކޮވިޑް-19 ގެ ވެކްސިން ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރަޝީދު އަލް މަކްތޫމް އަށް ދީފިއެވެ.

ޝެއިހް މުހައްމަދު ކޮވިޑް-19 ގެ ވެކްސިން ޖަހާތަނާއި އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެން ރައްކާތެރިކޮށް ދެއްވުމަށް ﷲ ގެ ހަޒްރަތުން އެދި ދަންނަވާ ކަމަށެވެ.

އަދި އެ ގައުމަކީ ކޮވިޑް-19 ގެ ވެކްސިނެއް ލިބޭ އެންމެ ފުރަތަމަ އެއް ގައުމަށް ހެދުމަށް މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކަކީ އެގައުމަށް އުފާ ފާގަތި ދުވަސްތަކެއް ކަމަށް ވިދާޅުވިއެވެ.

ޔޫއޭއީގެ ސަރުކާރުން ކޮވިޑް-19 ގެ ވެކްސިން ބޭނުން ކުރުމަށް ހުއަދ ދިނުމާއި ގުޅިގެން އެ ގައުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި މިނިސްޓަރުން އަދި ދައުލަތުގެ އިސް ފަރާތްތަކަށް ދަނީ ވެކްސިން ދެމުންނެވެ.

އެގޮތުން އޮކްޓޫބަރު 16 ގައި އެ ގައުމުގެ ފޮރިންގ މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒައިދް އަލް ނަހްޔަން އަށް ކޮވިޑް-19 ގެ ވެކްސިން ދީފައިވާއިރު އޮކްޓޫބަރު 31 ގައި މިނިސްޓަރ އޮފް ކެބިނެޓް އެފެއާރސް މުހައްމަދު ބިން އަންދުﷲ އަލް ޖާގާވީ އަށް ވެކްސިން ދީފައިވެއެވެ.

ޗައިނާގެ ސިނޮފާމް އިން އުފައްދާފައިވާ ކޮވިޑް-19 ގެ މި ވެކްސިން މިވަގުތު ކުރިއަށް ދަނީ އެންމެ ފަހުގެ މަރުހަލާގެ ޓެސްޓްތައް ކުރުމެވެ. އަދި މި ވެކްސިން އަކީ މިހާތަނަށް ރައްކާތެރި ވެކްސިންއެއް ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ