އެމެރިކާގެ ރިޔާސީ އިންތިހާބު ފެށިގެން ކުރިއަށް

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ރަސްމީކޮށް ފެށިގެން ކުރިޔަށް އެބަދެއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ އެމެރިކާގެ ރައީސް ކަމުގައި މިހާރު ހުންނެވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓުރަމްޕާއި އިދިކޮޅު ޑިމަކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަންއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފުރަތަމަ ފަށާފައިވަނީ ނިއު ހެމްޝަޔާ ސްޓޭޓުގައެވެ. ޖަންގައްޔެއްގެ މެދުގައި އޮންނަ މި ކުޑަކުޑަ އަވަށަކީ 1960 ފެށިގެން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެެންމެ ކުރިން ވޯޓްލާ ނަތިޖާ އިއުލާންކުރާ ސަރަހައްދެވެ. މި އަވަށުން ވޯޓުލައިފައިވަނީ ފަސްމީހުންނެވެ.

މިއަދުގެ ކުރިން އެމެރިކާގެ ގާތްގަނޑަކަށް 100 މިލިއަން މީހުން ވަނީ ޕޯސްޓްގެ ޒަރީއާ އިންނާއި ކުރިން ވޯޓުލުމުގެ ނިޒާމުގެ ތެރެއިން ވޯޓު ލައި ނިންމައިފައެވެ.

އެހެން އަހަރުތަކުގެ ރިޔާސީ އިންތިހާބުތަކާއި ހިލާފަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކުރިއަށްދަނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްގެންނެވެ. އިންތިހާބުގެ ކުރިން އެމެރިކާގެ ބަޔެއް ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް މިފަހަރު ނިކުތްނަމަވެސް ހަމަނުޖެހުން ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި 257,605,088 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާއިރު އެހެން ފަހަރުތަކުގެ އިންތިހާބާ ހިލާފާ މިފަހަރުގެ އިންތިހާބުގައި އެހެން އަހަރުތަކަށްވުރެ ގިނަ އަދަދަކަށް މީހުން ވޯޓުލާނެ ކަމަށް މިހާރުވަނީ ބެލެވެން ފަށައިފައެވެ.

އެންމެ އަވަހަށްވެސް މި އިންތިހާބުގެ ވަގުތީ ނަތީޖާ އިނގޭވަރުވާނީ މާދަމާގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ