ޕީއެންސީގެ ނައިބުރައީސް ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނަސްރުގެ ދުވަހާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން "ބަޑި ބުރާސްފަތި" ނަމުގައި މިހާރު ބާއްވަމުން ގެންދާ ހަރަކާތުގެ ތެރެއިންނެވެ.

ސުޖާއު ހައްޔަރުކޮށްގެން ފުލުހުންގެ ޖިޕަށް އަރުވާތަން ނޫސްވެރިންނަށް ފެނިފައި ވީނަމަވެސް ފުލުހުން އަދި މިމައްސަލައިގައި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ފުލުހުންގެ ކޮމެންޓަކަށް އެދުމުން އަދި މިހާތަނަށް ފުލުހުން ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

"ބަޑި ބުރާސްފަތި" ނަމުގައި މިހާރު ބާއްވަމުން ގެންދާ ހަރަކާތުގެ ތެރެއިން

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ނަސްރުގެ ދުވަހާއި ދިމާކޮށް "ބަޑި ބުރާސްފަތި" ނަމުގައި އެންމެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މަސައްކަތް ކޮށްފައިވަނީ ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް ކާނިވާ ސަރަހައްދުގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ހުއްދަ ނުލިބުމުން މި ޖަލްސާ މިހާރު ކުރިއަށް ގެންދަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

އިދިކޮޅު ފަރާތްތަކުން ނަސްރުގެ ދުވަހާއި ގުޅުވައިގެން މިރޭ ކުރިއަށް ގެންދާ ހަރަކާތަކީ ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް ބާއްވަމުންދާ ހަރަކާތެއް ކަމަށް ފުލުހުން ވަނީ މިހާރު އަންގައިފައެވެ. އަދި އެ ހަރަކާތް ހުއްޓާލުމަށްވެސް ފުލުހުންވަނީ އަންގައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ