ކޮންމެ ފަރުދަކުވެސް ދިވެހިރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން، އުޞޫލުތަކާ އެއްގޮތަށް މަސައްކަތް ކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން މިރޭ މެންދަމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިނާއީ ކުށްތައް ތަޙްޤީޤު ކުުރުމުގެ ބާރު، ފުލުހުންގެ ޤާނޫނުން އެ ސަރވިސްއަށް ލިބިދީފައިވާ ކަމަށެވެ.
"ފުލުހުންގެ ޤާނޫނު 5/2008 ގައި ބަޔާންކޮށްފައިވާ ފަދައިން ޖިނާއީ ކުށްތައް ތަޙްޤީޤު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައި ވާހިނދު، ކޮންމެ ފަރުދަކުވެސް ޤާނޫނުގައި ވާގޮތަށް އެ އޮންނަ އުޞޫލުގެ ތެރެއިން މަސައަކަތް ކުރެއްވުމަށް މި ސަރވިސް އިން އިލްތިމާސްކުރުަން!" ފުލުހުން ވިދާޅުވިއެވެ.
Fuluhunge Qaanoonu 5/2008 gai bayaan kohfaivaa fadhain jinaaee kuhthah thahugeegu kurumuge baaru fuluhunnah libidheefai vaahindhu, konme farudhakuves qanoonugai vaagothah e ohna usooluge therein masakkaiy kurehvumah mi service in ilthimaas kuran! pic.twitter.com/xqbREopOf4
— Maldives Police (@PoliceMv) June 1, 2019
ކޮންމެ ފަރުދަކުވެސް އުޞޫލުގެ ތެރޭގައި މަސައްކަތްތައް ކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރެއްވިއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށައި، ގިނަ ބަޔަކު ހައްޔަރު ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން މިހާރު ހައްޔަރުކުރާ ގިނަ މީހުންގެ ވަނަވަރު އާއްމު ނުކުރި ނަމަވެސް ފާހަގަކޮށްލެވޭ ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވާކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ.