ބްރެޒިލް އަންހެނެއް ޖެއްސި މައްސަލައަކާއި ގުޅިގެން ޕީއެސްޖީގެ ތަރި ނޭމާއަށް ރޭޕްގެ ތުޙުމަތުކޮށް އެމައްސަލަ ބަލަންފަށައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ ނިމިދިޔަ މެއި މަހުގެ 15 ގައި ކަމަށާއި އިންސްޓަގްރާމްއިން ބައްދަލުވެ ދެމީހުންގެ ދެމެދު މެސެޖުތައް ބަދަލުކުރެވުމަށްފަހު މިދެމީހުން ބައްދަލުކުރީ ނޭމާގެ ރައްޓެއްސެއްގެ އެހީގައިކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މިއަންހެން މީހާ ނޭމާ ބައްދަލުކުރުމަށް ދިއުމަށް ޓިކެޓްވެސް ގަތްދީފައިވަނީ މިބުނި ނޭމާގެ ރަޙުމަތްތެރިޔާކަމަށް ރިޕޯޓްތައްބުނެއެވެ.
Neymar é acusado de estupro em Paris; mulher registrou BO em SP - https://t.co/IiprEGnCn4 pic.twitter.com/qznxol6w7Y
— UOL Esporte (@UOLEsporte) June 1, 2019
މިބައްދަލުވުމަށްފަހު އެނބުރި ބްރެޒިލްއަށް ގޮސް މިމައްސަލަ މިއަންހެންމީހާ ޖައްސާފައިވަނީ އޭގެ ދެހަފްތާފަހުން، މެއި 31 ގައެވެ. މިމައްސަލައާއި ގުޅިގެން ނޭމާގެ ޓީމާއި މީޑިއާއިން ސުވާލުކުރުމުން އެފަދަ ޚާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށްވަނީ ބުނެފައެވެ.




