ޕީއެންސީގެ ނައިބުރައީސް ސުޖާއު ދޫކޮށްލުމަށް އިދިކޮޅުން ގޮވާލައިފި

ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ސުޖާއު ދޫކޮށްލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނަސްރުގެ ދުވަހާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން "ބަޑި ބުރާސްފަތި" ނަމުގައި ރޭ ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ސުޖާއު ގެނެސްފައިވަނީ އެޗްޕީއޭގެ ގައިޑުލައިންތަކާއި ހިލާފަށް އެއްވުން ނުބޭއްވުމަށް ނަސޭހަތްތެރިވެފައި ވަނިކޮށް އެއްވުން ކުރިއަށް ގެންދާތީ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، 32 ވަނަ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ސުލްހަވެރި ޖަލްސާގައި ފުލުހުންގެ ބެލުމުގެ ދަށަށް ޝުޖާއު ގެންގޮސްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށާއި އަދި ޝުޖާއު ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގޮވާލާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ނަސްރުގެ ދުވަހާއި ގުޅުވައިގެން ރޭ ކުރިއަށް ގެންދިޔަ ހަރަކާތަކީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބާއްވަމުންދާ ހަރަކާތެއް ކަމަށާއި އެ ހަރަކާތް ހުއްޓާލުމަށްވެސް ފުލުހުންވަނީ ރޭ އަންގައިފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ނަސްރުގެ ދުވަހާއި ދިމާކޮށް "ބަޑި ބުރާސްފަތި" ނަމުގައި އެންމެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މަސައްކަތް ކޮށްފައިވަނީ ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް ކާނިވާ ސަރަހައްދުގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ހުއްދަ ނުލިބުމުން މި ޖަލްސާ މިހާރު ކުރިއަށް ގެންދިޔައީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ