އިންތިހާބު ވަގަށް ނަގަން އުޅޭކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައިފި

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އިއްޔެ ކުރިއަށް ގޮސްފައިވާއިރު، އިންތިހާބު ވަގަށް ނަގަން އުޅޭކަމަށް އެމެރިކާގެ ރައީސް ކަމުގައި މިހާރު ހުންނެވި ޑޮނަލްޑް ޓުރަމްޕް ތުހުމަތު ކުރައްވައިފިއެވެ.

މި އިންތިހާބުގައި ވާދަކުރައްވާފައިވަނީ އެމެރިކާގެ ރައީސް ކަމުގައި މިހާރު ހުންނެވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓުރަމްޕާއި އިދިކޮޅު ޑިމަކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަންއެވެ.

ޑޮނަލްޑް ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވޯތު އޮޅުވާލަން މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް ވޯޓު އޮޅުވާލިޔަކަށް ނުދެއްވާނެ ކަމަށެވެ. އަދި ވޯޓުލުމުގެ ވަގުތު ހަމަވުމަސްފަހު ވޯޓު ނުލެވޭނެ ކަމަށް ވިދާޅުވިއެވެ

.

ޓްރަމްޕް މިފަދައިން ވިދާޅުވެފައިވާއިރު، ފާހަގަ ކޮށްލެވޭ ކަމަކީ، ޓްރަމްޕްގެ މި ޓްވީޓް ވަނީ ދޮގު މައުލޫމާތު ހުރެދާނެ ކަމަށް ޓުވިޓާއިން ކަނޑައަޅައި "ހައިޑް" ކޮށްފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިތު މިވަގުތު ކުރީގައި އުޅެނީ ޖޯ ބައިޑަންއެވެ. އެގޮތުން ބައިޑެން އަށް 220 އިލެކްޓޯރަލް ވޯޓު ލިބިފައިވާއިރު ޓްރަމްޕަށް ލިބިފައިވަނީ 213 އިލެކްޓޯރަލް ވޯޓެވެ.

އެހެން އަހަރުތަކުގެ ރިޔާސީ އިންތިހާބުތަކާއި ހިލާފަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކުރިއަށްދަނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްގެންނެވެ. އިންތިހާބުގެ ކުރިން އެމެރިކާގެ ބަޔެއް ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް މިފަހަރު ނިކުތްނަމަވެސް ހަމަނުޖެހުން ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ