އައިޖީއެމްއެޗް އަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަނީ!

ރާއްޖޭގެ މައި ހޮސްޕިޓަލު ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގިނަ އަދަދެއްގެ ނަރުހުން ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އައިޖީއެމްއެޗް އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ރެޖިސްޓަރޑް ނަރުހުންނާއި، ސީނިއަރ ރެޖިސްޓަރޑް ނަރުހުން އަދި ކްލިނިކަލް ނަރުހުން ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން އެ މަގާމުތަކަށް ޖުމްލަ 23 ނަރުހެއް ބޭނުންވާ ކަމަށާއި، މިމަގާމުތަކަށް ޝައުގިވެރިވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން މަގާމަށް އެދި ފޯމު ހުށަހެޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އިއުލާނު ހޯދުމަށް:

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ