ޓައިޓޭނިކްގެ ތަރި ލިއޮނާޑޯ ޑި ކެޕްރިއޯ ދެކުނު އެމެރިކާގެ ރަށެގައި ރާއްޖޭގެ ރިސޯޓުތައް ގޮތަށް، ރިސޯޓެއް ހަދަން ފަށައިފިއެވެ.
ޔޫރޯ ނިއުސްގައިވާ ގޮތުން ދެކުނު އެމެރިކާ ބައްރުގައި އޮންނަ ބްލީޒުގައި ލިއޮނާޑޯ ރިސޯޓެއް ހަދަނީ އިތުރު ޕާޓްނަރަކާ ގުޅިގެންނެވެ. ނަމަވެސް އެ ޕާޓްނަރު ނަން ނޫސްތަކުން ހާމަކޮށްފައެއް ނުވެއެވެ.
އަންނަ އަހަރު ހުޅުވާން ތައްޔާރުވަމުންފާ މި ރިސޯޓުގައި 36 ރިސޯޓު ބަންގަލޯރާއި، 36 އެސްޓޭޓް ވިލާ ހުންނައިރު، މުޅި ރިސޯޓަށް ކަރަންޓު ދޭނީ އިރުގެ ހަކަތައިން ކަމަށް ބުނެފައިވެއެވެ.

އަހަރަކު 15 މިލިއަން މީހުން ޒިޔާރަތް ކުރާ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ބްލީޒުގައި ހަދާ ރިސޯޓު މެނޭޖުކޮށް ބަލަހައްޓަނީ ރާއްޖޭގައި ވެސް ރިސޯޓުތައް ހިންގާ ފޯސީޒަން ކުންފުނިންނެވެ.
މަޝްހޫރު އެތައް ފިލްމެއް ކުޅެ އޮސްކާ އެވޯޑު ހޯދާފައިވާ، ލިއޮނާޑޯ ބްލީޒުގައި ތަރައްގީ ކުރަނީ ތިމާވެއްޓާރި ރަހުމަތްތެރި ރިސޯޓެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.