އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު | ފޮޓޯ : އޭޖީ އޮފީސް

މަރުގެ އަދަބު އުވާލަން އާއްމުންގެ ޚިޔާލު ބޭނުންވޭ: ސަރުކާރު

ރާއްޖޭގެ ޤާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވާލަން އާންމުންގެ ޚިޔާލު ހޯދައި ރައްޔިތުން އެކަމަށް ބޭނުންވާނަމަކަށް އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު މިހެން ވިދާޅުވީ، ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަގުރީރު ކުރައްވަމުންނެވެ. އެގޮތުން މަރުގެ އަދަބު އުވާލުމަށް ގައުމުތަކުން ގޮވާލާ ކަމަށާއި، ނަމަވެސް ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަވެސް ރިއްފަތު ވިދާޅުވި އެވެ.

އަދި އެކަމުގައި ރައްޔިތުން ދެކޭގޮތް ނުބަލައި އެގޮތަށް ނުނިންމޭނެ ކަމަށާއި، މަރުގެ އަދަބު ނައްތައިލަން ކުރާ ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށްކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުުމުގައި ރާއްޖެއިން މަރުގެ އަދަބު ނައްތައިލުމަށް ގޮވާލި ގައުމުތަކުގެ ތެރޭފައި ސްޕެއިނާއި ސްވިޓްޒަލެންޑް ހިމެނެއެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބައެއް ކުށްތަަކަށް މަރުގެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް އެ އަދަބު ނުދޭތާ ޒަމާންތަކެއް ވެއްޖެ އެވެ. ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 67 އަހަރު ކުރިންނެވެ.

މިދިޔަ ސަރުކާރުން މަރުގެ އަދަބު އަލުން ފަށާނެކަމަށް ބުނިނަމަވެސް ފަސް އަހަރުގެ ދައުރުހަމަވެފައިވަނީ އެއްވެސް މީހަކަށް މަރުގެ އަދަބު ނުދީއެވެ. ނަމަވެސް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށްޓަކައި މާފުށީ ޖަލުުގައި އެކްޒެކިއުޝަން ޗެމްބަރެއް އޭރުގައި ހެދިކަން ފާހަގަކޮށްލެވެއެވެ. މަރަށް މަރުހިފަން ނިންމައި ހުކުމްކޮށްފައި ތިބި މީހުން މިހާރުވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ