ކުށްމަދުކޮށް އަމާން މާހައުލެއް ޤާއިމްކުރުމަށް ފުލުހުން ށ. އަތޮޅުގެ ރައްތަކަށް

އަޕަރ ނޯތް ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާއާއި ށ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ އިޖްލާލް ށ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރާތް ކުރުމުގެ ދަތުރު ފުޅެއް ފައްޓަވައިފިއެވެ.

މި ހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ފެށި މި ދަތުރު ފުޅުގައި މިހާތަނަށް ކަނޑިތީމު، ގޮއިދޫ އަދި ބިލެތްފައްސަށް ޒިޔާރަތްކޮށް އެރަށްތަކުގެ ކައުންސިލުތަކާ ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި، ރަށްރަށުގައި ކުށްތައް އާންމުވެފައިވާ މިންވަރާއި، ކުށްތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތަކާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ކުށުގެ ހާލަތު ދެނެގަނެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ ބައްލަވައި އެ ކަންކަން ހައްލުކުރުމަށް ފުލުހުންނާއި ކައުންސިލްތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.

އޭގެ އިތުރުން މި ބައްދަލުވުންތަކުގައި ކުށްތަކުން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ މަސައްކަތްތަކާއި ރައްޔިތުން ހޭލުންތެރި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ރީ އެންގޭޖްމަންޓް ޕްލޭންގެ ދަށުން ށ. އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންކަން ކައުންސިލްތަކާ ހިއްސާކޮށް މަޝްވަރާކުރެއްވިއެވެ.

އަދި ކައުންސިލްތަކުން ކުރިއަށް ގެންދިއުމަށް ރާވާފައިހުރި އިޖުތިމާއީ ކަންކަމުގައި ފުލުހުން ބައިވެރިވުމާއި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ